ހިތްވަރުދެމުން ދިޔައީ ދާނިސް ކިޔާ ކުއްޖެކެވެ. އޭރު ދާނިސް ހީކުރަމުން އައީ ދަދުވަރުއާ ކައިވެނީގެ ގޮތުން ގުޅޭނެ ކަމަށޭވެ. އެއީ ދާނިސްއަށް އެއްވެސް އޮޅުމެއް ނެތް ގޮތުގައެވެ. ދަދުވަރުގެ މަންމަ އާއި ބައްޕަ ދަދުވަރު ކިޔެވުން ކުރިޔަށް ގެންދާލެއް ރަގަޅުކަމުން ހިންހަމަޖެހެއެވެ. އެ މީހުންނާ އިތުރަށް އެކަމާ ވިސްނާކަށް ނުޖެހެއެވެ. ރޭވުންތެރިކަމައިއެކު ރޭވި ރޭވުންތައް ކާމިޔާބު ވަމުންދާތީއެވެ. ދިރިއުޅުމުގެ މީރު ކާނާ ކަމުގައިވާ އަގުހުރި ތައުލީމުން ރީތި ގަހަނާ އަޅަމުންދާތީއެވެ. ކުރިމަގު އުޖާލާ ކުރުވާނެ އަލިމަގެއް ކޮށާތީއެވެ. އެމީހުން އުންމީދުކުރިގޮތައް ދަދުވަރުގެ ކިޔެވުމުގެ ކަންތައްތައް ކުރިޔަށް ދިޔައީ އިތުރުމީހުންގެ އެހީތެރިކަމާއި އެކުގައެވެ. އެހީތެރިކަން ލިބުނު މީސްމީހުންނަށް ދަދުވަރުގެ ބައްޕަ ދައިއަމް އާއި މަންމަ ދާނިއާ ޝުކުރު އަދާކުރެއެވެ. ޙާއްސަ ގޮތެއްގައި ދާސިއާގެ މަންމަ ދާރިނާ އާއި ބައްޕަ ދަމީރުގެ އެހީތެރިކަމުގެ މަތިން ދޮޒާން ހަދާންނުނެތެނީ ދަދުވަރުގެ ކިޔެވުމުގެ ކަންތައްތައް ހަދާންވުމުގެ އިތުރަށް ދަދުވަރު އާއި ދާސިއާގެ ގުޅުން އަމާންކަމާއި އޮމާންކަމާއިއެކު ކުރިޔަށް ގެންގޮސް ކައިވެނީގެ މާތް ގުޅުމުން ގުޅައި އެގޮށް ބާރަށް ޖެހުމުގެ ހަދާން އާވާތީއެވެ. ވިސްނައިގެން ދަދުވަރުގެ ކިޔެވުމުގެ އެއްވެސް ކަމެއް ދާސިއާގެ އަދި ދާނިއާ އާއި ދޮޒާންގެ ހިޔާލާ އެއްގޮތް ނުވާގޮތައް ވެސް ނުރޭވީ ދަދުވަރު ހިންހަމަ ނުޖެހިމަޖެހޭތީއެވެ. ކިޔެވުމަކީ ދަދުވަރު އާއި ދާސިއާގެ ހިންހަމަޖެހުން ކަމަށް ވާތީ ދާނިއާ އާއި ދޮޒާންގެ ދުއާކުރަމުން ދިޔައީ ދާރިނާ އާއި ދަމީރު ރުހޭ ގޮތަށެވެ. ރިވެތި އަޙުލާގުން ދަދުވަރު ގަހަނާ އަޅާފައި ވަނީ ދަދުވަރުދެކެ ލޯބިވާ މީހުން ހިންހަމަޖެހޭ ފަދަ ގޮތަކެށެވެ. ރުހޭކަމެއް ލޯބިވާ މީހަކު ކުރާނަމަ އެކަމުގެ އަގުވަޒަންކުރަން ރުހޭމީހުން ބޭނުންވާނެއެވެ. މިހެންކަމުން ދަދުވަރު ކިޔެވުމަށްޓަކައި ގަތަމުން ދިޔަ ޗޭނުގެ ކޮށްމެ ބޮޅެއް ރުހޭ މީހުންނަށްވީ ހިންހަމަޖެހޭފަދަ ބާރުގަދަ ޗޭނެއްގައިވާ ބޮޅެއް ކަމުގައެވެ. ދުވަސްތައް ފާއިތު ވަމުން ގޮސް، ދާރިނާއަށް ތިރީސް ހަ އަހަރު ފުރުނުއިރު ދާސިއާގެ އުމުރަކީ ފަނަރަ އަހަރެވެ. ދާރިނާ އެދުވަސްވަރު ދާސިއާއި ދަދުވަރުގެ ކައިވެނި ކުރުމަށް ރާވަން ފަށައިފިއެވެ. ދަދުވަރުގެ ގެއަށް ދަރީނާގެ ރުހުމުގެ މަތިން ދާސިއާ ދާން ފަށައިފިއެވެ. ދާރިނާ އޭރު ރޭވީ ދާސިއާއި ދަދުވަރުގެ ޅަ ދުވަސްވަރު ކަމަށް ވާތީ އެކުވެރި ކަމުގެ ގުޅުމެއްގެ ގޮތުގައި އެ ގުޅުން ބޭއްވުމަށެވެ. ޔަގީނުން ވެސް ދަރީނާއަށް އެނގޭ ކަމަކީ ދާސިއާ އާއި ދަދުވަރުގެ ދެމެދައް ހުރަސްއަޅާނެ ދެވަނަ މީހެއް ނާންނާނީ ދަރީނާގެ މަސައްކަތުން ކަމެވެ. ދަރީނާ ހިތްވަރާއި އެކު މަސައްކަތް ކުރުން މުހިންމު ކަމެވެ. ދޭތެރެއަކުން މިވާހަކަތައް ދަރީނާގެ ހިތައްއަރާފައި ދަދުވރުގެ މަންމަގެ ހުންނަ ނޭއްގާނީ ކަން ހިތައް އެރުމުން ދެރަވެއެވެ. ވިސްނައިގެން ތިބެ ދެކުދިން ހިފަހަށްޓަމުން ދިޔައީ ރަގަޅު ސުލޫކީ މިންގަނޑުތަކެކެވެ. ރަސްމީގޮތުގައި ދާރިނާ، ދާސިއާ ކައިރީ އަދި ދަދުވަރުގެ މަންމަ އާއި ބައްޕަ ކައިރީ ދާސިއާއި ދަދުވަރުގެ ކައިވެނީގެ ވާހަކަ ނުދައްކަނީ، އެ ކުދިން ކުޑަކަމުން ޒަވާޖީ ހަޔާތަކަށް ތަސައްވަރު ނުފުދޭ ކަމަށް ޤަބޫލުކުރެވޭތީ ކުރީ ޒަމާނާ ހިލާފައް މި
Learn Moreކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ދާރިނާގެ ހިތުގައި ޖަހާ ވިންދު ފަދައިން ދާރިނާ އަށް ޔަޤީން ވާތީއެވެ. ލޯތްބަކީ އަގުހުރި އެއްޗެއް ކަން ޔަޤީންކުރަން ދާރިނާއަށް މަޖުބޫރުވީ ބައެއްފަހަރަށް ދާސިއާދެކެ ދާރިނާ ރުޅިއަންނާތީއެވެ. އެއީ ބައެއް ދުވަސް ދުވަހު ކަންތައް ދިމާވާ ގޮތުން ކަންތައްތައް މުޅިންހެން ބަދަލުވަމުން ދާތީއެވެ. ބައެއް ފަހަރަށް ދާސިއާ މަތިން ހަނދާން ނައްތާލަން ދާރިނާއަށް މަޖުބޫރު ވާތީއެވެ. އެއްވެސް ކަމެއް ހީކުރާ ރޮނގުން ކައްސާލައިގެން ހިނގައިދާނެ ކަމަށް ހީނުކުރާ ފަހަރުފަހަރުގައި ވެސް ދާސިއާ އަތުން ކަންތައްތައް ކައްސާލައިގެން ގޮސްފައިވެއެވެ. ކަންކަން މިހެންވަނީ ދާސިއާގެ މުރާލިކަމުން ކަންކަން ދާސިއާއަށް ވިސްނޭލެއް ރަގަޅުކަމުން ފަރުވާކުޑަ ކުރެވިގެންނެވެ. ދާސިއާއަކީ މޮޅުކުއްޖެއްކަމުން ކޮށްމެކަމެއް ކުރުމުގައި ލަޔާގަތާއި ގާބިލިއްޔަތުކަން ލިބިފައިވާކަމަށް ދާސިއާ ދެކެއެވެ. މި ކަން ކަން ދާސިއާ ދެކެނީ އެއްވެސް އޮޅުމެއް ނެތް ގޮތުގައެވެ. ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން ދާސިއާއަށް ނޭގުނު ނަމަވެސް ދާރިއާ މިކަންކަން ދާސިއާއަށް ދަސްވާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. މިފަދަ އިންތިޒާރެއްގެ ހަޑިކަމާއި ހުތުރުކަން ބޮޑުކަމުގައި ބައެއްމީހުން ދެކެމުންއައީ ދާސިއާއާއި ދަދުވަރުގެ ގުޅުން އަތްނުފޯރާހާ ގާތްކަމަށް ބަދަލުވެގެން ހިނގައިދާނެ ކަމަށްޓަކައެވެ. ކަންކަން މިހެން އޮތްއިރު ބައެއް މީހުންގެ އަމަލުން ބައެއް މީހުންނަށް ދާސިއާއާއި ދަދަދުވަރުގެ ގުޅުން އިޙުސާކުރެވޭކަން ދާރިއާއަށް އެނގެންފެށި ހިސާބުން ކޮށްމެވެސް ވަރަކަށް ދާރިއާ ހިންހަމަ ނުޖެހޭ ގޮތް ވިއެވެ. ވިދާހާ އެއްޗަކީ ރަނަށް ނުވާފަދައިން ބައެއްމީހުން ކިތައްމެ ވަރަކަށް އެ ގުޅުމަށް ބުރޫއެރުވުމަށްޓަކައި ދަރީނާ ނަލަހަށްދަން އުޅުނަސް ދަރީނާ އެކަމެއް ޤަބޫލުނުކުރަނީ، ދަރީނާގެ ޅަދުވަސްތައްމަތިން ހަދާންވެފައި، އެފަދަ ގޮތަކަށް ދާސިއާއަށް އުޅެން މަޖުބޫރުވީ ވެސް ދާރިނާގެ މައިންބަފައި ގެންގުޅުނު މިންގަނޑަށް ފެތޭތީއެވެ. 2 ބިރުވެރިކުދިންނަށް ވުރެ އިންސާނުންގެ ބައި ގިނައިރު، ބިރުވެރި ކުދިން ބިރުވެރިކުދިންނާއި މެދު ފަހުރުވެރިވޭ ބާވައޭ ބިރުވެރިކުދިންގެ ހިތައްއަރައެވެ. ޔަޤީންނުވެ ހުރެ ހަށިގަނޑުގައި ބިރުވެރިކުއްޖެއްގެ ދަރިއެއް ދާސިއާ ބާއްވަފާނެ ބާވައޭ ވެސް ބިރުވެރިކުއްޖާ ހިތާހިތާ ސުވާލުކުރެއެވެ. ރަ
ނަމަ ދާސިއާގެ ފަރާތުން ލިބެން ބޭނުންވާ ފައިދާ ލިބޭނީ ހިތިއެއްޗެއްގެ ގޮތުގައި ނުވަތަ ފޮނިއެއްޗެއްގެ ގޮތުގައި ކަން ބިރުވެރިކުއްޖާއަށް ކަށަވަރުކުރަން ދަތިވަނީ ދާސިއާގެ ބައެއް ވާހަކަތައް މާނަފުންވެފައި ބައެއް ބަސްބަހުގެ މާނަ ހޯދަން އުނދަގުވާ ކަމަށްޓަކައެވެ. ސައިންސްވެރިން ދިރާސާއެއްކޮށް ހޯދަން ބޭނުންވާވަރަށް މައުލޫމާތު ބިރުވެރިކުއްޖާއަށް، ދާސިއާގެ ފަރާތުން ލިބިދާނެ ކަމަށް ޤަބޫލުކުރާ ދަރީގެ މައުލޫމާތު ހޯދަން ބޭނުންވަނީ ބިރުވެރިކުއްޖާއަށް ދަރިއެއްގެ އިންތިޒާރު އަބަދުގެ އަބަދައް ކަހަލަ ގޮތަކަށް ކުރެވެމުން ދާތީއެވެ. ******* ދާސިއާއަށް ވަށައިގެންވާ ފާހާނައިގެ ފާރުތަކަށް ބަލާލެވުނެވެ. ފާރުތައް ދާސިއާއަށް ފެނުނީ މަޑުރަތް ކުލައެއްގައެވެ. ވަށައިގެން އަނދިރި ކަމެއް ފާހާނާގެ ތެރެއަށް ވެރިވެފައި ވެސް އޮތެވެ. ދާސިއާއަށް ބިރުވެރިކުއްޖާގެ ބާރު އޭނައަށް ފޯރާ ފަދައިން އެ ފާހާނަ ތެރެއަށް ވެސް ފޯރާކަން އެނގުނެވެ. ފާހާނާގެ ބޮކިން ލޭކުލަ ފޭދެހެންވެސް ހީވިއެވެ. މަހުގެ ލޭކުލައާ ވައްތަރުގެ ލޭކުލައެކެވެ. ބައެއް ފަހަރު މިޔަރެއްގެ ބޯބުރި ކޮށްލީމަ ލޭ އަންނަނީހެން ވެސް ދާސިއާއަށް ހީވިއެވެ. އެއްވެސް އޮޅުމެއް ނެތް ގޮތުގައެވެ. ފަސްއެނބުރި ދާސިއާ ބަލާލިއެވެ. ބިރުވެރިކުއްޖާގެ ހެދުމުން ވިދުވަރެއް ފެނުނެވެ. ރަތް ކުލައާއި މަޑު ރަތްކުލައެއްގެ ވިދުވަރެކެވެ. ނުވެސް ފެންނަ ފާޑޭއްގެ ހެދުމެއްކަން ދާސިއާއަށް އެނގުނެވެ. ތަނަކުން އެފަދަ ހެދުމެއް ފެންނާނެ ކަމަށް ވެސް ޤަބޫލެއް ނުކުރެވެއެވެ. ފެނިއްޖެ ނަމަ އިތުރު ޙައިރާން ކަމެއް ލިބޭނީ ދާސިއާއަށް ލޭގެ މަންޒަރު ފެންނަލެއް ބޮޑުވީމައެވެ. އެފަދަ ވަގުތެއްގައި ތަނަވަސް ހިޔާލެއްގައި ހުރުމަށް ދާސިއާ ބޭނުން ވެއެވެ. އެފަދަ ގޮތަކަށް ރާވަން ދާސިއާގެ ހިތް މަޖުބޫރު ކުރެއެވެ. ރަގަޅު ކަން ކަމަށް އަދަބު އިޙުތިރާމު ކުރެވޭ ފަދައިންނެވެ. ދެތިން ދުވަސް ފަހުން ދަދުވަރު އާއި ދާސިއާ ވާހަކަދެއްކިފަހުން ފަހަނައަޅައި ހިގައްޖެއެވެ. ތަނަކީ ދާސިއާއާ ގުޅާލަން ރަގަޅު ތަނެއްކަމުން ދަދުވަރު ޖީބުގައި އޮތް އަތްތިލައެއް ވަރުގެ މޯބައިލް ފޯނު ނެގިއެވެ. ނަސީބު ރަގަޅުކަމުން ދަދުވަރު ފޯނަށް އޭރު އޮތީ ދާސިއާގެ މެސެޖެއް ވެސް އައިސްފައެވެ. މިވަގުތު ދަދުވަރުގެ ފަޔަށް ފިނިވާން ފެށިއެވެ. ވަހުމެއް މިވަނީ ބިރުވެރިކުއްޖާގެ ފަރާތުން ކަން ޤަބޫލުކުރެވުނެވެ. މިވާގޮތުން އިތުރަށް ދާސިއާއާ ވާހަކަދެއްކުން މުހިންމުތޯ ވެސް ދަދުވަރުގެ ހިތައް އެރިއެވެ. ކަންބޮޑުވެފައި ހުރެއެވެ. ރަގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ނުފެންނަ ގޮތުގައި ހުރެއެވެ. ހުސްކަމެއްގެ ތެރެއަށް ދިރިއުޅުމުގައި ދަދުވަރު އަންނާކަށް ބޭނުމެއް ނުވެއެވެ. ޝައުގުވެރި ކަމާއިއެކު ދާސިއާއާ ވާހަކަދެއްކިފައި އޮތަސް ދާ
ދަދުވަރުއަށް ރޭގަނޑުގެ ވަގުތެއްގައި ދާސިއާއަށް ގުޅަން ޖެހިއްޖެއެވެ. ބިރުވެރިކުއްޖާގެ ވަސްވާސްތަކަށް ކެތް ނުކުރެވިގެންނެވެ. އެންމަފަހަށް ދަދުވަރު ބޭރަށް ނުކުމެއްޖެއެވެ. ދާސިއާއާ ގުޅުމަށް ފަހު ދާސިއާއާ ބައްދަލުކޮށްލުމުގެ ހިންހަމަޖެހުން ލިބިގަތުމަށްޓަކައެވެ. ހޮސްޕިޓަލަށް ދެވެން އޮތްދެމަގަކުން ސައިކަލު ދުއްވާލިތަނާ ދަދުވަރުއަށް މަގު އޮޅިއްޖެއެވެ. މޫނުމަށްޗަށް އަނދިރިވާން ފަށައިފިއެވެ. ސައިކަލު ހުއްޓޭގޮތް ވެއްޖެއެވެ. އެކިފަހަރުމަތިން ދަދުވަރު ސައިކަލު ސްޓާރޓް ވޭތޯ މަސައްކަތްކުރަން ފެށިއެވެ. ހަމަ އުޅެއުޅެ ވެސް ސައިކަލުގެ އިންޖީނު ސްޓާރޓެއް ނުވިއެވެ. މިވަގުތު ދަދުވަރު ހިތާމައީގެ ސާލު ލިއެވެ. އޭރު ދަދުވަރުގެ ލޮލުން އޮމާން ކަރުނަ ތިކިތައް ފައިބައެވެ. ދެ ކަންތައް އަތްމަތިން ބީވެގެން ދިޔައީމައެވެ. ދޭތެރެއެއް ވެސް މަޑުކޮށްލަން ނުލިބި ހުއްޓައެވެ. ****** "އެކަމަކު...އެކަމަކު...! އަހަރެންގެ އާއިލާގެ އެހީތެރިކަން މިކަމުގައި ބޭނުންވާނޭ ހިތައްއެރުމުން، ބިރުވެރިކުއްޖާ ފަދަ ފަރާތަކާއެކު ގުޅުން ބޭއްވުމުގައި އެކަހެރި ގޮތެއް ވިސްނޭ. އެކަނިއުޅެން ހަދައިގެން މުސީބާތްތަކާ ކުރިމަތިވެދާނެ ކަމަށް ހިޔާލުކުރެވޭ. އެކަމަކު އިތުރު ގޮތެއް ނެތިއްޔާ އަހަރެން ޖެހޭނީ ބިރުވެރިކުއްޖާއަށް ވަފާތެރިއެއްގެ ގޮތުގައި ހުންނަން. ލޯތްބަކީ ފާޑެއްގެ އެއްޗެއްކަން އަހަރެންނަށް އެނގޭ. ޔަޤީނުން ވެސް އަހަރެންގެ އަމިއްލަ ނަފުސު، އަހަރެން ރަށްކާތެރިކުރާނަން. ސަކާރަތަކަށް ދިރއުޅުމުގެ އަގުހުރި ދުވަސްތައް ހަދާލަން ބޭނުން ނުވަނީ. ލޯބީގެ ހިޔާލުތަކުގައި ބިރުވެރިކުއްޖާއަށް ކުލަޖެއްސޭނީ އަހަރެން ނުރަށްކަލަށް ހުށައެޅޭތީވެ. ބިރުވެރިކުއްޖާގެ ފަރާތުން ލޯތްބައް އެދި އަހަރެން ފެންބޮވައިގަތުމުން.. ...މަރު ކޮށްމެ މީހަކާ ކުރިމަތިވާނެ ކަމެއް ކަން އެނގޭ. އެހެންވެ މަރަށް އެހެންމީހުން ބިރުގަންނަ ފަދައިން އަހަރެންވެސް ބިރުގަންނަން. ސަމުގާއަކުން ތަންތަން ބަލައިގެން ދަތުރުކުރާހެން އަހަރެންގެ ހަޔާތުގެ ނަވު އަހަރެން ކުރިޔަށް ގެންދަން ބޭނުންވަނީ ހަމަހިމޭން އޮމާން ކަނޑެއްގައި ދުއްވާފައި ދާގޮތައް، މިސްރާބު އެނގިހުރެ. " ދާސިއާގެ އަނގަ އޮޅޭގޮތް ވިއެވެ. ދާސިއާގެ ހިޔާލަށް ވެރިވެގަތީ ދަދުވަރުގެ ލޯބީގެ ހިޔާލުތަކެވެ. ދާސިއާ ދިމާވެދާނެ ކަމަށް ހީނުކޮށް ހުއްޓައި ބިރުވެރިކުއްޖާއާ ދިމާވުމުން ބިރުގަތެވެ. ނަތީޖާ ދެން ނުކުމެފާނެ ގޮތް ނޭންގޭތީ ގައިން ހީބިހި ނަގާތީއެވެ. ސަކާރަތަކަށް ހިޔާލުތައް ހުށަނާޅައި އަވަހަށް އެތަނުން ދެވޭތޯ ހެއްދެވި ފަރާތައް ހެޔޮ ދުއާ ކޮށްލިއެވެ. އާދޭހުގެ އަތް މަށްޗަށް އުފުލައިގެން ހުރެއެވެ. އޭރު ދާސިއާގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދެއެވެ. ***** "ހައިރާންވާނެ ކަމެއް ނެތް. އަހަރެން ބުނާގޮތް އެއީ ރަގަޅުގޮތް ކަން ހަދާން ބަހަށްޓާތި." ބިރުވެރިކުއްޖާގެ ދެލޯ ރަތެވެ. މިއީ ދަންވަރު ވަގުތުކަމުން އިތުރަށް ބިރުވެރިކުއްޖާ ދާސިއާއަށް ބިރުވެރި
ބަސްބުނުމުގެ އިތުރަށް އިތުރު ބާރުތައް ލިބިގެންވާއިރު، އިންސާނުން ބިރުވެރިކުދިންނަށް ވުރެ ބައި ގިނައިރު، ބިރުވެރިކުދިން ބިރުވެރިކުދީންނާއި މެދު ފަހުރުވެރިވޭ ބާވައޭ ބިރުވެރިކުއްޖާގެ ހިތައްއަރައެވެ. ދާސިއާ ކައިރިވެލާފައި ކޮށްލެވުނު ކަމަކުން، ޔަޤީންނުވެ ހުރެ ހަށިގަނޑުގައި ބިރުވެރިކުއްޖާގެ ދަރިއެއް ދާސިއާ ބާއްވަފާނެ ބާވައޭ ވެސް ބިރުވެރިކުއްޖާ ހިތާހިތާ ސުވާލުކުރެއެވެ. ނަމަވެސް އެކުއްޖާއަށް ދާސިއާ ކާންދޭންވާނީ ސަލާމްޖަހައިގެން ބާވައޭ ހިތައް އެރުމުން ބިރުވެރިކުއްޖާ ދެރަވިއެވެ. އެތެރެފުއް ފަދައިން ބޭރުފުއް ދެއްކެންޏާ މައްސަލައެއް ނެތޭ ބިރުވެރިކުއްޖާގެ ހިތައް އެރުމުން އުފާވިއެވެ. ދާސިއާ ގައިގާ މި ސިފަ ހުންނާނެ ކަމަށް ޔަޤީންކުރިއެވެ. ދެން އައި ސިކުންތުގައި ބިރުވެރިކުއްޖާ ދެރަވީ ދާސިއާ އެހާ ފަސޭހައިން ބަނޑުބޮޑު ނުވާނެތީ ރަގަޅު ރެއެއްބަލާފައި ދާސިއާ ކައިރިއަށް އަންނަން ބިރުވެރިކުއްޖާއަށް ހިޔާލުކުރެވުމުންވެ. ދާސިއާގެ ފަރާތުން ބިރުވެރިކުއްޖާއަށް ލިބޭ ދަރިއެއް ބިރުވެރިކުއްޖާއަށް ބައްޕައޭ ކިޔާފައި ގޮވާލާ މަންޒަރު ބިރުވެރިކުއްޖާ ދެކެން ބޭނުންވެއެވެ. ބައްޕަ އެއީ އަބަދުވެސް ބިރުވެރިކުއްޖާގެ ހިތުތެރޭގައި ގުގަމާލަ ގުގުމާލާ ހުންނަ ލަފުޒެކެވެ. އިންތިހާއަށް ބިރުވެރިކުއްޖާއަށް މިލަފުޒަށް ލޯބިކުރެވެއެވެ. ދާސިއާ ކައިރިވުމުން އަދަބުވެރިކަން ތަންކޮޅެއް ދުރުކޮށްލައިފި ނަމަ ދާސިއާގެ ފަރާތުން ލިބެން ބޭނުންވާ ފައިދާ ލިބޭނީ ހިތިއެއްޗެއްގެ ގޮތުގައި ނުވަތަ ފޮނިއެއްޗެއްގެ ގޮތުގައި ކަން ބިރުވެރިކުއްޖާއަށް ކަށަވަރުކުރަން ދަތިވަނީ ދާސިއާގެ ބައެއް ވާހަކަތައް މާނަފުންވެފައި ބައެއް ބަސްބަހުގެ މާނަ ހޯދަން އުނދަގުވާ ކަމަށްޓަކައެވެ. އިންސާނުންގެ މިފަދަ ސިފަތަކުން ބިރުވެރިކުއްޖާ މަލާމާތުގެ ހިނިގަނޑެއް ޖަހާލައެވެ. އިތުރަށް އިންސާނުންނާ މެދު ބިރުވެރިކުއްޖާ ވިސްނުމަށް ބިރުވެރިކުއްޖާގެ ހިތް މަޖުބޫރު ކުރުވައެވެ. ސައިންސްވެރިން ދިރާސާއެއްކޮށް ހޯދަން ބޭނުންވާވަރަށް މައުލޫމާތު، ބިރުވެރިކުއްޖާ، ދާސިއާގެ ފަރާތުން ލިބިދާނެ ކަމަށް ޤަބޫލުކުރާ ދަރީގެ ފަރާތުން ހޯދަން ބޭނުން ވެއެވެ. މައުލޫމާތު ހޯދަން ބޭނުންވަނީ ބިރުވެރިކުއްޖާއަށް ދަރިއެއްގެ އިންތިޒާރު އަބަދުގެ އަބަދައް ކަހަލަ ގޮތަކަށް ކުރެވެމުން ދާތީއެވެ. ******* އެހެން ދުވަހެއްގެ ރޭގަނޑެވެ. ދާސިއާއަށް ވަށައިގެންވާ ފާހާނައިގެ ފާރުތަކަށް ބަލާލެވުނެވެ. ފާރުތައް ދާސިއާއަށް ފެނުނީ މަޑުރަތް ކުލައެއްގައެވެ. ވަށައިގެން އަނދިރި ކަމެއް ފާހާނާގެ ތެރެއަ
ދާސިއާއާ ގުޅުން ބޭއްވުމުން ނުކުމެދާނެ ނުރަގަޅު ނަތީޖާއަކާ ބެހޭގޮތުން ވެސް ވިސްނިން. އަހަރެންނަށް ހިޔާލުކުރެވުނީ ދާސިއާ ގުޅުން ބޭއްވުމުން އަހަރެން ރާވާގޮތައް އަހަރެންގެ ރޭވުންތަކަށް އުނދަގުލެއްނެތި ކުރިޔަށްދާނެ ކަމަށް." ދަދުވަރު ބޭނުންވީ ދަދުވަރު ހިޔާލުކުރަމުން އަންނަގޮތް ދާސިއާއަށް ބުނެދިނުމަށެވެ. އިތުރު ޝައްކު ކަމެއް ނެތި ދާސިއާ ޤަބޫލުކުރޭތޯ އާއި، އެގުޅުން ދެފަރާތައް ގެއްލުން ނުވާގޮތައް ގެންދިއުމުގެ ބޭނުމުގެ އިތުރުން ވަކި ހިސާބަކުން ދެފަރާތުގެ އާއިލާ މިގުޅުމުގެ ފަހަތުގައި ތިބޭނެ ކަމަށްޓަކައެވެ. މި ދެކުދިންގެ އުމުރުގެ ކުރީކޮޅު މިގޮތައް ދިމާވެފައި އޮތުމުންނެވެ. "އަހަރެން ވެސް ދައްކަންވެފައި ވާހަކަތައް އެބައޮތް. މިވަގުތު ދެން ގޮސްލަނީ." ދާސިއާ ބޭނުންވީ ދާސިއާގެ ގޭ މީހުންނަށް ލަސްވެދާނެތީ ގެއަށް ދިއުމަށެވެ. ދަދުވަރުއާ މި ބުރުގައި ބައްދަލުވެގެން އެހާ ގިނަ ވާހަކަދެއްކުން ރަގަޅު ނުވާނެ ކަމަށް ފެންނާތީވެ ކިރިޔާވެސް ސަކަ މިޒާޖެއްގެ ވާހަކަދެއްކެވިއްޖެ ނަމަ، ފަހަރެއްގައި ދާސިއާގެ ދަރިފުޅުގެ ބައްޕައަކަށް ދަދުވަރު ވެދާނެ ކަމަށްޓަކައި، އިތުރަށް ދަދުވަރު ނުތެޅުވޭނެ ކަމަށް ޤަބޫލުކުރެވޭތީ އާއި، އެވަގުތު ކޮށްމެވެސް ވަރަކަށް ބަނޑުހައިވުމުން، އެއްޗެއް ކާލަން ބޭނުންވެފައި ހުރުމުންނެވެ. މީގެ އިތުރަށް، އެހެން ކޮށްޅަށް ހުންނަން ޖެހުމުން ފައި އަށްސިވާ ކަހަލަ ގޮތެއްވެފައި ހުރުމުންނާއި، ހިތްފަސޭހަކޮށްލަން ބޮލުގައި ރަގަޅަށް ތެޔޮލަން އުޅެފައި ތެޔޮނުލައި އާދެވުމުންނާއި، އެވަގުތައް އެތަން ލޯބީގެ މާހައުލަކަށް ނުފެތޭތިވެ، އެހެން ބައްދަލުވުމަކަށް މަގުފަހިކުރުމުގެ ގޮތުންނެވެ. ދަދުވަރު އުޅޭ ގޭ މީހުން ބުނެގެން ދަތުރެއްގައި މަޑުއްވަރީއަށް ދާންޖެހިއްޖެއެވެ. އެ ގެއަކީ ވިޔަފާރިކޮށް އުޅޭ ގެއެއްކަމުން ދަތުރަކީ އަނބު. ލުނބޯ، މިރުސް، ކާށި، ގެންނަންކުރާ ދަތުރެކެވެ. ދަދުވަރު ކުޑައިރު ދާސިއާގެ މައިން ބަފައިންނަށް ދަވެފައި ވުމުން ޑުރަގުގެ ވަބާގައި ދަދުވަރު ޖެހޭނެ ކަމަށް ދާސިއާގެ މައިން ބަފައިން ހިއެއް ނުކުރެއެވެ. އެ ގޭގައި ހުންނައިރު ކެޔުމުގެ އިތުރަށް ދަދުވަރު ކުރާ މަސައްކަތްތަކަށް އުޖޫރައެއް އޮވެއެވެ. މި ލިބޭ ފައިސާގެ ބައެއް ދަދުވަރު ކޮށްމެހެން ކުރަންޖެހޭ ހަރަދުކުރުމަށް ފަހު، ދަދުވަރު ކޯޓުގައި ދަރިފުޅާ ހަވާލުވެފައި ނުއްވަސް، ދަދުވަރުގެ ރަޙުމަތްތެރި ދާމިންގެ ދަރިފުޅުގެ މަންމަ ދެލާލްއަށް ފޯނުން ގުޅައި ވާހަކަދެއްކުމަށް ފަހު ފޮނުވާފައި، މައިންބަފައިންނަށް އަނެއްބައި، ފޮނުވައި ހަދައެވެ. މިހެން ދަދުވަރު ކަންތައްކުރުމުން ދާނިއާ ހުންނަނީ އުފަލުންނެވެ. ދަދުވަރުގެ އެދުމުގެ މަތިން ދަދުވަރުގެ މަންމަ ވެސް ދިލާމެންގެ ގެއަށް ގޮސް ދަރިފުޅުގެ ހާލުބަލައި ހަދައެވެ. ދަދުވަރު ހުންނަ ހިތައްފިނިވާގޭ ދޯނި މަޑުއްވަރީއަށް ދިއުމަށްޓަކައި ފުރީ ހެދުނު 6 ޖެހިތަނާއެވެ. ހުރިހާ ފަޅުވެރިން ވެސް ފަތިސްފަތިހާ ތެދުވެ ސައިބޮއެ ހަދައިގެން އަނބިދަރިންނާ ސަލާމްކޮށް ހެދުމަށް ފަހުގައި ވަގުތައް އައެވެ. އޭރު އޮޑި ވެރިޔާ އަތިރިމަތީގައި ބަލަން ހުއްޓައެވެ. ދަމީރުއަށް ދަދުވަރު ފެނުމުން ދަ
ނޭނގި ދާސިއާއި ދަދުވަރުއަށް ވާހަކަތަކެއް ދެކެވިދާނެއެވެ. އެކަމުގެ ހިތިކަން ދަދުވަރުއަށް ވެސް އަދި ދާސިއާއަށް ވެސް ފޯރަފާނެއެވެ. އަނެއްކާވެސް ދާސިއާއަށް ދަދުވަރުއާ ދިމާލަށް ބަލަން ހުރެވުނެވެ. ދަދުވަރު ގައިގާ އަތްލުމުން އެބަލީގެ ސިކާރައަކަށްވެ ހޭނެތިފައި އޮތްކަން ދާސިއާއަށް އެނގިއްޖެއެވެ. ނުކުރާފަދަ ކަމެއް ކުރަންޖެހުމުގެ އިޙުސާސް ދާސިއާއަށް ކުރަން ޖެހުނެވެ. ކޮށްމެވެސް ވަރެއްގެ އުނދަގޫ ކަމަކާއިއެކު ދަދުވަރު ނަގައިގަނެގެން ގެނެސް ދާސިއާ ދުއްވި ކާރުގެ ތެރެއަށް ލައިފިއެވެ. ދާސިއާގެ ހިތުގައި ތަފާތު ޝުއޫރުތައް އުފެދެން ފަށައިފިއެވެ. އެފަދަ ރީތި ޒުވާނަކު އޭނާގެ އުނދަގުލުގައި ކަސްތޮޅު އެޅުނީތީއެވެ. ދާސިއާއަށް ކުށެއް ކުރެވުނީ އެ ޒުވާނާގެ ރީތިކަމުން ބާވައެވެ؟ އެކަމަކު ދާސިއާ ހިތް ބުނަމުން ދިޔައީ ދާސިއާއަކީ މީހެއްގެ އަނބެއް ކަމެވެ. ދާސިއާގެ މައިންބަފައިން ދެވަން އުޅޭ ދުރާބުގެ އަންބެއް ކަމުގައެވެ. ދަދުވަރު ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. ދާސިއާގެ ބުނުމުގެމަތިން ދަދުވަރުއަށް ބޭސްކުރަން ފެށިއްޖެއެވެ. ފުރަތަމަވެސް ދަދުވަރު ގަޔަށް ޖެހީ ހޭ އެރުވުމަށްޓަކައި އިންޖެކުސަނެކެވެ. ދާސިއާ ހުރީ ދަދުވަރުއާ ދިމާލަށް ކަޅި ހުއްޓާލައިގެންނެވެ. މާގިނައިރެއް ނުވެއެވެ. ދަދުވަރު ހޭ އަރައިފިއެވެ. "އަހަރެން މިތަނަށް ގެނައީ ކާކު؟" ކެތްމަދުވެފައި އޮވެ ދަދުވަރުއަށް ބުނެވުނެވެ. ގާތްކަން އެކުލެވިގެންވާ ރާގެއްގައެވެ. ވާނުވާ އޮޅުންފިލުވުމުގެ ބޭނުމުގައެވެ. ދަދުވަރު ހަދާން ހުރީ ދާސިއާ ދުއްވަންއިން ކާރުގައި ދަދުވަރު އިންމަށްޗެވެ. "އަހަރެން..." ދާސިއާއަށް ކުރު ޖަވާބެއް ދެވުނެވެ. ދެލޮލުން ކަރުނަތައް އޮށްސަން އިނދެފައެވެ. އެތާ އޭރު ތިބި ޑޮކްޓަރުންނަށް އެއްވެސް އިހުތިރާމެއް ނުކުރެވެއޭ ދާސިއާގެ ހިތައް އެރިއެވެ. ދަދުވަރުގެ މޫނަށް ބަލަން ނުކެރިހުރެ ބަލާލަމުންނެވެ. ކެޔުން ބޮޔުމުގެ ހިޔާލުވެސް އެވަގުތު ދާސިއާގެ ސިކުނޑީގައި ނެތެވެ. ބޮޑަށް ވިސްނެމުން ދިޔައީ ދަދުވަރުގެ ވާހަކަ ހުންނާނެ ގޮތަކާއި މެދުގައެވެ. "ކިހިނެތް މިވީ؟" ދަދުވަރު ބޭނުންވީ އެކުވެރި ރާގެއްގައި ވާހަކަ ކުރިޔަށް ގެންދިއުމަށެވެ. ދާސިއާ ވީނުވީގޮތް ދަދުވަރުއަށް ކިޔައިދިނެވެ. ދަދުވަރު، ދާސިއާއާ ދިމާލަށް ބަލަހަށްޓައިގެން އޮތެވެ. ދާސިއާ ލަދުން އިނދެ ދަދުވަރު ދެން ދައްކާނެ ވާހަކަޔަކަށް އިންތިޒާރުކުރަން ފެށިއެވެ. ވިސްނުމުގައި ދަދުވަރުގެ ހިޔާލުތައް ހަރުލާފައި ހުއްޓަސް އެ ހިޔާލުތަކުގެ މަށްޗަށް ދުރާބުގެ ހިޔާލުތައް އަތްގަދަ ކުރަމުން ދިޔައެވެ. ހާލަތާއި ވަގުތުގެ ގޮތުން ކަން ޤަބޫލުކުރެވޭއިރު، ދާސިއާއަށް ދަދުވަރުއަށް އަޅާލުން މަޖުބޫރު ކަމުގެ އިޙުސާސް ކުރެވެމުން ދިޔައެވެ. ****** އެހެން ދުވަހެއްގައި ދަދުވަރުމެން މަޑުންވަރީއަށް ދޯނި ދުއްވަމުން ދިޔައިރު ދަދުވަރު ހުރީ ދުރުބައިކޮޅު ގައެވެ. މިވަގުތު ދަދުވަރުގެ ހިތުގައި ޖަހަމުން ދިޔައީ ދަދުވަރުގެ ހިތާއި ގުޅި ލާމެހިފައިވާ ވިންދެކެވެ. މަޑުވައިރޯޅިތަކުން ދަދުވަރުގެ ހިތައް ފިނި ކަމެއް ގެނެސްދެމުން ދިޔައެވެ. އަޑު ނާހަން ހުއްޓަސް ދޯނީގެ ނެވިމީހާ ގެންގު
ވެސް ދާސިއާގެ ހިޔާލުތަކުގެ ދާވަނީގައި ޖެހި މަޑުކޮށްލެވޭގޮތް ވިއެވެ. ޖީބުން ދަދުވަރު އަނެއްކާވެސް ފޯނު ނަގައި ދާސިއާއާ ގުޅާލުމަށްޓަކައި ފޯނުގެ ފިއްތަކަށް އޮބާލިއެވެ. ދާސިއާ ފޯނު ނަގާނެ ވަގުތެއްގެ އިންތިޒާރުގައި ދަދުވަރު މަޑުކޮށްލިއެވެ. ****** ފަސްއެނބުރި ދާސިއާ ބަލާލިއެވެ. ބިރުވެރިކުއްޖާގެ ހެދުމުން ވިދުވަރެއް ފެނުނެވެ. ރަތް ކުލައާއި މަޑު ރަތްކުލައެއްގެ ވިދުވަރެކެވެ. ނުވެސް ފެންނަ ފާޑޭއްގެ ހެދުމެއްކަން ދާސިއާއަށް އެނގުނެވެ. ތަނަކުން އެފަދަ ހެދުމެއް ފެންނާނެ ކަމަށް ވެސް ޤަބޫލެއް ނުކުރެވެއެވެ. ދާސިއާއަށްވިސްނުނީ، މި ފެންނަ ކަމަކީ ދަދުވަރުގެ ފަރާތުން ބިރުވެރިކުއްޖާ ފައިދާނަގާނީ ޖިސްމާނީ ގޮތަކަށް ކަމަށެވެ. މިބޭނުން ފުއްދުމުގައި ބިރުވެރިކުއްޖާ ނަގާނީ ކިހާމުއްދަތެއް ކަމެއް ނޭންގެއެވެ. ކޮށްމެ މަޙުލޫގެއްގެ ކިބާގައި ވެސް ގޮތެއް ހުންނަ ފަދައިން މި ބިރުވެރިކުއްޖާގެ ކިބާގައި ވެސް ވަކި ގޮތްތަކެއް ހުންނާނެއެވެ. "ތީގެ މާނައަކީ އަހަރެން އިތުރަށް ދާސިއާއާ ވާހަކަ ނުދައްކަންވީއޭތަ؟ ދާސިއާގެ ހިތުން ކޮށްމެހެން އަހަރެން ޖާގައެއް ބޭނުންވަނީ ކަމަށް ޤަބޫލުކުރަންތަ؟ އެހެންމިބުނީ އަހަރެން ދާސިއާއަށް ދެރަގޮތެއް ނޭދޭތީ. އެންމެ ފަހުން ދާސިއާއާ ދިމާވި ފަހަރުގައި ދާސިއާ ބަނޑުބޮޑެއް ނުވި." ބިރުވެރުކުއްޖާ ދެ ލޯ ރަށްކޮށްލިއެވެ. "ތި ކަހަލަ ވާހަކަދައްކަން އަހަރެން ލަދުގަނޭ." ދާސިއާ މޫނު އަނެއް ފަރާތައް އަނބުރާލިއެވެ. ”އަހަރެން މިގޮތައް ވާހަކަ މިދައްކަނީ. ހަމަ މިމޭރުމުން ދާސިއާ ވެސް އަހަރެންނަށް ދެރަގޮތެއްވާން ނޭދޭނެކަން ޤަބޫލުކުރެވޭތީ." ބިރުވެރިކުއްޖާ ބޭނުންވީ ސިކުނޑީގައި އެވަގުތައް ހުރި ބަސްތައް ކޮށްމެވެސް ވަރަކަށް މާނަފުން ގޮތަކަށް ބުނުމަށެވެ. އަނެއްކާވެސް ދާސިއާގެ ސިކުޑީގައި ބިރުވެރިކުއްޖާގެ ގޮތުގައި ދަދުވަރު ހުރިގޮތް ވަކިހިއްޕާލިއެވެ. މިފަހަރު ބިރުވެރިކުއްޖާގެ މި ހިޔާލުތަކުގެ ސަބަބުން ދާސިއާގެ ގަޔަށް ހުން އަންނަގޮތް މެދުވެރިވިއެވެ. ދެން ދާސިއާ ދެހިޔާލެއްގައި ހުރެ ފޯނު ހިފަހަށްޓާލައިގެން ހުއްޓެވެ. ފައިވާނަށް ބިރުވެރިކުއްޖާއަށް ބަލައިލެވުނެވެ. ފައިދަށުން ބިންގަނޑު ކެހޭ ކަހަލަ ގޮތެއް ވާތީއެވެ. ބިންގަނޑު ހިފެހެއްޓުމަމަށްޓަކައި ހުރި ފަރުބަދަތައް ވެސް ނެތް ކަހަލަ ގޮތެއް ބިރުވެރިކުއްޖާގެ ހިތައް ވެރިވެގަތެވެ. ސުވާލަކީ ދާސިއާއަށް ބިރުވެރިކުއްޖާގެ ބާރު ފޯރުމުގެ ސަބަބެވެ. ދާސިއާއަށް ތަންކޮޅެއް އަވަހަށް ދަދުވަރު ކަންތަކުގައި އަވަސްއަރާގަނެވެނީ ބަވައެވެ؟ އެނގޭ ކަމަކީ ދާސިއާއާ، ބިރުވެރިކުއްޖާ ބާއްވަން އުޅޭ ގުޅުން ނުބޭއްވެންޏާ ދަދުވަރުދެކެ ރުޅިއަޔުން ގާތްކަމެވެ. ދަދުވަރުއަށް މަރުގެ އެތިފަހަރެއް ބިރުވެރިކުއްޖާ ކުރިމަތި ކުރުވަފާނެއޭ މީވެސް އުފެދޭ ސުވާލެކެވެ. ****** "ކޮށްމެހެން ދަދުވަރު ބޭނުންވަންޏާ ދަދުވަރުއާ ބައްދަލު ކުރެވިދާނެ. ނަމަވެސް ދަދުވަރު ހަދާން ކުރަންވާނެ އަހަރެންގެ ރަހުމަތްތެރިއެއް ހުންނަކަން."
ދޭނެކަމަށް ޤަބޫލެއް ނުކުރަން. ކޮންތަނެއްގައި ބައްދަލުކުރާނީ." ދަދުވަރު ބޭނުންވީ އުނގޫފާރު ގޮނޑުދޮށުގައި ބައްދަލުކުރުމަށެވެ. ހިންހަމަޖެހޭ ކަހަލަ ކަމެއް ކުރުމަށް ފަސްނުކުރަން ދަދުވަރު ބޭނުންވީ، ކުރިމަގު އާރާސްތު ކުރެވެން އޮށްވައި، އެމަގަށް ހުރަސްނާޅަން ވެގެންނެވެ. ނަސީބު ނުލިބޭނެ ކަމަށް ވިސްނާފައި އޮށްވައި، ނަސީބު ގަދަވުމުގެ ކޮޅުމަތި ފެންނަން ފެށީމާ، ނަސީބު ލިބޭނެގޮތައް ވެވެން އޮތްވަރަކުން ކަންތައް ކުރުމަށާއި، އެއްވެސް ބޮޑާކަމެއް، ރުޅިވެރިކަމެއް އަދި ފޮރުވުމެއް ދަދުވަރުގެ ހިތުތެރޭގައި ނެތީމަ، ދާސިއާއާ އެކު ފައިތިލަ ސާބިތުކުރެވޭނެ ކަމުގެ ޔަޤީންކަން ހިތުތެރޭގައި ގަދަވަމުން ދާތީއެވެ. ދަދުވަރު ދެން ވިސްނީ ދާސިއާގެ ހުވަފެނެއް ފެނިފައިވާތީ އެކަމާއި ބޭހޭގޮތުންނެވެ. އެ ހުވަފެނުގައި ދާސިއާއެކު އުފާވެރި ދިރިއުޅުމެއް އުޅޭ މަންޒަރާ ބެހޭގޮތުންނެވެ. ސަމާސާ ކަމަކަށް ވާފަދަ ކަމެއް ނުކޮށް ދިރިއުޅުމައިގެން އެކަށޭނަ އަޒުމުގައި ކުރިޔަށް ދާއިރު، ދާސިއާގެ މާތް އަހުލާގުގެ ކުރިމަތީގައި ދަދުވަރު ނަށަމުން ދިޔައީ ދަދުވަރު އިތުރު ހުވަފެނެއް މިދުނިޔޭގައި ބެލުމަށް ބޭނުން ނުވާފަދަ ގޮތަކަށެވެ. ****** އެހެން ރެއެއްގައި ދާސިއާ ކައިރިއަށް ބިރުވެރި ކުއްޖާ އައެވެ. "ދާސިއާއާ ބައްދަލުނުވާތާ ގިނަދުވަސްވާތީ." ބިރުވެރިކުއްޖާ، ދާސިއާ ލައިގެން ހުރި އަތުކުރިއޮޅާފައިވާ ޖަޕާން ކުދިން ލައިގެން އުޅޭ ހެދުމަށް ޙާއްސަ ނަޒަރަކުން ބަލާލީ، އެ ހެދުމުގެ ރީތިކަމާ އެއްވަރަށް ފެންނަ ވިދުވަރުން ބިރުވެރިކުއްޖާގެ ހިތުގައި ޑަންލާފައި ޖަހާލި ބެރެއްގެ އަޑު ގުގުމައިގަތުމުން އިތުރު ވިސްނުމެއްނެތި ވަތައް އިސްޖަހާލައި ދާސިއާގެ ހެދުމުގެ ފަސްބައީގައި ބޮސްދެން ބޭނުންވެ ހުރެ ޒައިނަބުއާ ހަތަރު ކަޅި ހަމަކުރަން ބޭނުނވާ ގޮތަށެވެ. "އަހަރެން މިހެރީ ބިރުވެރިކުއްޖާއާ އެކު ކުރިޔަށްދާ ގޮތައް." ދާސިއާ ކުރު ޖަވާބެއްދިނެވެ. ފަހަރެއްގައި ބިރުވެރިކުއްޖާ ދަރިއަކަށް ވިސްނަފާނެ ކަމަށްޓަކައި ބިރުން ހުރެއެވެ. އެއްފަހަރުން ނުވިއްޔާ އަނެއް ފަހަރުން ކާމިޔާބު ކޮށްފާނެ ކަމަށްޓަކައެވެ. ގަނެފައިވާ ބިރަށްޓަކައި އަވަހަށް ސަލާމަތް ވުމުގެ ނިޔަތުގައެވެ. ބިރުވެރިކުއްޖާގެ މިވަގުތުގެ ބޭނުމަކީ ދަދުވަރު މަތިން ހަނދާންވުމުން ދާސިއާގެ ހިތައްލިބިފައިވާ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމާއި، ބިރުވެރިކުއްޖާ އެވަގުތައް ބޭނުންވާ ބޭނުން ރަގަޅަށް ދެނެގަތުމާއި، ދެން ބިރުވެރިކުއްޖާ އާއި ދާސިއާގެ ދެމެދުގައި ބަދަހިވަމުންދާ ގުޅުން، ހިނގަމުންދާނެ މަގެއް ދެނެގަތުމަށެވެ. "އަހަރެންނަށް ދާސިއާ ފެނުމާއިއެކު އެނގިއްޖެ، ދާސިއާ ހުންނާނީ އަހަރެންނަށް ކެތްމަދުވެފައި ކަން." ބިރުވެރިކުއްޖާ، ދާސިއާގެ ފަހަތުގައި ހުރެފައި ދަތްދޮޅީގައި